މަސްތުވާތަކެތީގެ މައްސަލާގައި ސާހިލްގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބަލައެއް ނުގަތް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ. 
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ، ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކޮބައިކަން ވެސް އޮތީ ސިއްރު ކޮށްފަ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުން ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާ ސިއްރު ކޮށްފައިވީ ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރީ ދައްކާ ގޮތުން އޭނާގެ މައްޗަށް ސާބިތުވެފައިވަނީ މަސްތުވާތަކެތީގެ މައްްސަލައެއްގެ ދައުވާކަން އެނގެ އެވެ. 
The most trusted news source in the Maldives
އެ. މައްސަލަ އިސްތިއުނާފު ކުރަން މީގެ ކުރިން ވެސް ސާހިލް ހުށަހެޅި ނަމަވެސް ލިޔުންތަކުގެ މައްސަލާގައި އޭރު މައްސަލަ ބަލައިނުގަނެވެ. އަލުން މައްސަލަ އިސްތިއުނާފު ކުރަން ސާހިލް ހުށަހެޅީ މި މަހުގެ 23 ވަނަ ދުވަހު އެވެ. 
ނަމަވެސް، ސާހިލް ހުށަހެޅި އެ މައްސަލަ ވެސް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފަށް ކުރަން ފުދޭ ހާލަތެއް ބަޔާންކޮށްފައި ނުވުމެވެ. 
ސާހިލަށް ކުރާ ބާކީ ހުރި ދައުވާތަކުގެ ހުކުމްތައް މިހާތަނަކަށް ނީއްވަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ނިމިފައިވާއިރު ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. އެކަމަށް މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކެންސަލްކުރި އެވެ. 
ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ އޭނާ އަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ކޯޓުން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ