ސައުދިއާ އެއާލައިނުން ވީއައިއޭގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ސައުދީ އަރަބިއާގެ ސައުދިއާ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް, ނުވަތަ ޓާމިނަލް 1 ބޭނުންކުރަން ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ހާއްސަ ރަސްމިއްޔާތެއް ވީއައިއޭގެ އައު ޓާމިނަލުގައި ބާއްވާފައިވާއިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް
އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ.
ސައުދިއާ އެއާލައިނުން އައު ޓާމިނަލް ބޭނުންކުރަން ފެށުން އިފްތިތާހްކުރުމުގެ ތެރެއިން.. ފޮޓޯ: އެމްއޭސީއެލް
މި ރަސްމިއްޔާތުގައި
ސައުދީ އަރަބިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން
އަލް ގަހުތާނީ, ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ
ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ, ރާއްޖެ އާއި ސްރީ ލަންކާ އަދި
ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް
ސާލިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސައުދިއާ އެއާލައިނުން އައު ޓާމިނަލް ބޭނުންކުރަން ފެށުން އިފްތިތާހްކުރުމުގެ ތެރެއިން.. ފޮޓޯ: އެމްއޭސީއެލް
މިއަދުގެ
ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ
ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1
އަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 ރާއްޖެ އައި 127 ފަސިންޖަރުންނަށް
ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ސައުދިއާ
އަކީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް
ދަތުރުތައް ފަށާފައި 2016 ވަނަ އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހެވެ. ސައުދިއާ އަކީ އައު ޓާމިނަލް ބޭނުންކުރަން ފެށި 11 ވަނަ އެއާލައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ