ލޫޓުވައިފި މުޒާހަރާ: ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފި
އިދިކޮޅު އެމްޑީޕީން "ލޫޓުވާލައިފި" ގެ ނަމުގައި މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.އެމްޑީޕީން ޕާޓީން މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން، އެކަކު ދޫކޮށްލުމަށްފަހު ހަ މީހެއްގެ ބަންދަށް 15 ދުވަސް ޖެހި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވެސް ހިމެނިވަޑައިގަންނަވަ އެވެ.އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ފުލުހުން ވަނީ އެ މީހުން އިތުރު 15 ދުވަހު ބަންދުގައި ބޭތިއްބުމަށް އެދިފަ އެވެ. ނަމަވެސް ކޯޓުން ނިންމީ ޝަރުތަކާއެކު ބަންދުން ދޫކޮށްލުމަށެވެ.އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ މުޒާހަރާއިން ހައްޔަރުކުރި އެންމެންގެ ތަހުގީގު ބަޔާންތައް ނަގައި ނިންމާފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ހެކިތައް ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ ހެކި ނައްތާނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ