ބީއެމްއެލްގެ ޕޭމެންޓު ވޮލެޓު 'ސްވައިޕް' އިފްތިތާހުކޮށްފި

'ސްވައިޕް'ގެ ނަމުގައި އިންސްޓެންޓް ޕޭމެންޓު ވޮލެޓެއް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - ބާސެލޯ ނަސަންދުރަ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނީ 'ސްވައިޕް'އަކީ ދުނިޔޭގެ މަޝްހޫރު ޕޭމެންޓު ވޮލެޓުތަކާ އެއް ފެންވަރެއްގެ ވޮލެޓެއް ކަމަށެވެ. އެގޮތުން:
މިއީ %100 ދިވެހި އުފެއްދުމެއް
މިއީ ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ކްރޮސްބޯޑާ ޓްރާންސެކްޝަން ހިންގޭނެ ވަސީލަތެއް
ސްވައިޕް ބޭނުންކޮށްގެން އެއްވެސް އިތުރު ފީއަކާ ނުލާ ވަގުތުން ފައިސާ ފޮނުވޭނެ އަދި ފޮނުވާ ފައިސާ ލިބޭނެ
މިއާ އެކު ހަރަދު ކުޑަކޮށް ބޭރު ފައިސާ ރާއްޖެ ގެނައުމަށް އެހީވެދޭނެ
ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭނެ؛ މިއީ ބައިނަލްއަގުވާމީ ވޮލެޓެއް
މިއީ ބޭރު ފައިސާގެ ދަތިކަން ހައްލުކޮށްދޭނެ ވޮލެޓެއް
ބީއެމްއެލް އިން ބުނީ 'ސްވައިޕް'އަކީ ރާއްޖެ މުޅި ދުނިޔެއާ ގުޅުވާލައިދޭނެ ވަސީލަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ