ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވަން ކުރީގެ ރައިސް އަބްދުﷲ ޔާމީން މިއަދު އެ އަތޮޅު ދިއްދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ވެސް ދައުވަތު ދެއްވި އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކުރައްވާފައެއް ނުވެ އެވެ.
މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ދިއްދޫއަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި އަޅަން ވައުދުވި އެއާޕޯޓުގެ މަސައްކަތް ނިންމައި، އެއާޕޯޓު ހުޅުވުމަށް ކަމަށެވެ.
ނަމަވެސް ސަރުކާރުން މިހާތަނަށް އެއާޕޯޓު އަޅަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަކަށް ނުގެންދެ އެވެ.
ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ އެވޯޑެކެވެ. އެގޮތުން ޖުމްލަ ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ އެ އެވޯޑު ހަފްލާ 2023 ގައި ބޭއްވިއިރު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ހުލާސާކޮށް އިއްޔެ: ޔާމީން ހއ. ދިއްދޫ އަށް ވަޑައިގަންނަވަނީ ހުލާސާކޮށް އިއްޔެ: ޔާމީން ހއ. ދިއްދޫ އަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ