40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު

ވައިގަދަވެ ވިއްސާރަވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ. 
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ބ އިން ދ އަތޮޅަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ މިއަދު 12:45 އިން 17:45 އަށެވެ. 
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް އެ ވަގުތު ތަކުގައި ގަަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 
އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. 
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރާއްޖެއަށް އިރުވައި މޫސުން ފެށިފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވީ ނަމަވެސް، މި ދެތިން ދުވަހު ވިއްސާރަ ވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ. 
އެގޮތުން ރެއިން ފެށިގެން ބައެއް ސަރަހައްދަށް ވައިގަދަވެ ވާރޭ ވެހެމުންދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އޮތް ބައެއް ފްލައިޓްތައް ޑިލޭވެ އަނެއްބައި ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ