އުރީދޫން ލަންކާ އަށް ހިލޭ ގުޅޭގޮތް ހަދައިފި

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސް އެ ގައުމަށް 24 ގަޑިއިރު ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.މި ފުރުސަތު ފަހިކޮށްދީ އުރީދޫން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ލަންކާ ނަންބަރުތަކަށް ކުރާ ކޯލްތަކުގެ ފުރަތަމަ ފަސް މިނަޓަށް އެއްވެސް ޗާޖެއް ނުކުރާނެ ކަމަށެވެ.މިއީ ލަންކާއަށް މި ވަގުތު ދިމާވެފައިވާ ހާލަތުގައި އެ ގައުމުގައި ތިބި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދޭ ފުރުސަތެއް ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. ތޫފާން "ދީތުވާ" ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާއާ ގާތްވެފައިވާއިރު، ލަންކާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ބާރުވެ، ކަނޑުތައް ގަދަވެ އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.މި ހާދިސާތަކުގައި މިހާތަނަށް 50 މީހަކު މަރުވެ، 21 މީހަކު ވަނީ ގެއްލިފަ އެވެ. ވިއްސާރައިގެ އަސަރު ލަންކާގެ 17 ޑިސްޓްރިކްޓަކަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ