ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްެންޑީއެފް އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖޭގެ މޫސުން ގޯސްވެ، އާންމު ގޮތެއްގައި ވައި ބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ތަފްސީލް - އެމްއެންޑީއެފް އިން ވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އެގޮތުން:
އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރޭ
މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށް އިލްތިމާސްކުރޭ
ދޯނީގައި ލައިސަން ބެހެއްޓުމަށާއި ރޭގަނޑު ދަތުރުކުރާނަމަ އިތުރަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވޭ
ޑައިވިން އަދި ވޯޓާ ސްޕޯޓްސް ފަދަ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ، މެޓު އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގުޅުން ހުރި - މެޓު އޮފީހުން މިއަދު ނެރުނު މޫސުމީ ސަމާލުގައި ބުނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުގެ މެންދުރުފަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވާނެތީ ކަނޑުދަތުރު ކުރާއިރު ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ