އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފިއެެވެ.
ކުޅުދުއްފުށި ބަނދަރަށް މިއަދު ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި “ވީބީ ޕްރޮގްރެސް” ބޯޓެކެވެ. މި ބޯޓުން ގެނައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯއެވެ. އެމްޕީއެލްއިން ބުނީ މި ވަގުތު ޝެޑިއުލްކޮށްފައިވަނީ ކޮންމެ މަހަކު ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އެއް ދަތުރު ކުރާ ގޮތަށެވެ. އެހެން ނަމަވެސް، މުދާ ގެންނަ މިންވަރަކުން، މި ދަތުރުތައް އިތުރުކުރެވޭނެ ކަމަށެވެ.
ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ޓުޓިކޮރިން ކުޅުދުފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖައްސަން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމް.ޕީ.އެލް އިން ވަނީ ކުޅުދުއްފުށި ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމައި، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ފޯރުކޮށްދީ، ވިޔަރާފިވެރިންގެ ހިޔާލު ހޯދައިފައެވެ. އެމް.ޕީ.އެލް މެދުވެރިވެގެން، މިދިޔަ އަހަރު ޓުޓިކޮރިން އިން ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ވަނީ ރާވައިފައެވެ. އެންމެ ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް، މިހާރު މަހެއްގެ ކުރާ ދަތުރުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.
ކްލައިންޓުންނަށް މަސްތުވާތަކެތި ދޭ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް! އުރީދޫ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު ނިމުމުގެ ކުރިން ހުޅުވާލަނީ ތިނަދޫ ސިޓީގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ސެޝަނެއް ސިވިލް ސާވިސް އިނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ