ރ އަތޮޅުން ވ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ މިރޭ މެންދަމުގެ ނިޔަލަށް އެ ސަރަަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. މިރޭ މެންދަމު 2:15 އާ ހަމައަށް ނެރެފައިވާ ސަމާލުގައި ބުނެފައި ވަނީ އެ ވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގުގުރާނެ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މިއަދު މާލެ ސަރަހައްދަށް ވެސް ކޮންމެ ވެސް ވަރަކަށް މޫސުން ގޯހެވެ.
ރ އަތޮޅުން ވ އަތޮޅަށް މޫސުން ގޯސް، ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ