ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދަކަށްވާއިރު އެ ސަރަހައްދުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ މަގްސަދުގައި އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރަމުން އެމްޓީސީސީން ބުނީ، މި މަސައްކަތުގެ ފުރަތަމަ ބައި ނިންމައި، މިއަދު އާއްމުންނަށް ހުޅުވާލާފައިވާ ކަމަަށެވެ.
144 މިލިއަން ރުފިޔާގެ މި މަޝްރުއޫގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއެކު، 830 މީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ރޯޑް މާކިން އާއި ސައިން ބޯޑު ހަރުކުރުން ވެސް ހިމެނެއެވެ.
މި މަސައްކަތުގެ ތެރެއިން ދެން އޮންނާނީ މަސް މާރުކޭޓް ސަރަހައްދުން ފެށިގެން އެމްޕީއެލް އާ ހިސާބަށް މަގު ހެދުން ކަމަށްވާއިރު އެ މަސައްކަތް ރޯދައިގެ ކުރިން ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާަފައެވެ.
މި މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް އެ ސަރަހައްދުގެ މަގާއި ފަޅު ވެސް ވަނީ ބަންދުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ، އާއްމުންނަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ