އދ.ގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރު އެމެރިކާގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، އެ ޖަމިއްޔާގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ބޭނުންވާ ފާސް ހޯދުމަށް ދިވެހި ސަރުކާރުން ކުރަން ޖެހޭ މަސައްކަތަށް އިންކާރުކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އދ.ގެ 'ކްލައިމެޓް ވަލްނަރަބަލް ފޯރަމް'ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމަށް ވަޑައިގަތުމަށް ބޭނުންވާ ފާސް ހެއްދުމަށް ކުރަން ޖެހޭ މަސައްކަތަށް އިންކާރުކޮށްފައިވަނީ ދިވެހި ފޮރިން މިނިސްޓްރީއިން ކަމަށެވެ.
އެކަމަކު މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
ބުނީ ކީކޭ؟ - ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނީ، ދިވެހި ސަރުކާރުން ދެކޮޅު ހަދައި ނުގަބޫލު ވިޔަސް، ރަސްމީ ހައިސިއްޔަތުން އެ މަނިކުފާނަށް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ފާހާއި ދެން ހުރި އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އެކަމަކު ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ކަމާއި މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ރާއްޖެ ތަމްސީލުވާނެ ގޮތަށް އެކި ރަސްމީ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ނަޝީދު އަބަދުވެސް ބޭނުންވެ ވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެކަމުން ރާއްޖެއަށް ލިބޭ ލާބަ އާއި މަންފާ ވެސް ބޮޑު ކަމަށް ބުންޏެވެ.
"އަދި ގައުމެއްގެ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން، އެ ގައުމެއްގެ ފުށުން ހައިސިއްޔަތު ލިބިވަޑައިގެން ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަކީ، ބައިނަލްއަގްވާމީ ދަނޑުގެ އާދަކާދަ އެވެ،" ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އދ.ގެ ޖަލްސާއަށް ނަޝީދު ވަޑައިގަތުމަށް ސަރުކާރުން ފާހެއް ހޯދައެއް ނުދިން: ނަޝީދުގެ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ