މިއަދުގެ މޫސުން: ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.
ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރެކޭވެސް އެއްގޮތަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ބޯކޮށް ވާރޭވެހުން އެކަށީގެން ނުވާ ކަމަށެވެ.
ވައިޖެހޭނެ ކަމަށް އެއިދާރާއިން ލަފާކުރަނީ އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 25 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެއެވެ.
ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ގެއްލުންލިބިފައިވެއެވެ.
މެއިމަހުގެ ކުރީކޮޅު ފެށުނު ހުޅަނގު މޫސުން މިހިނގާ ނޮވެމްބަރުމަހުގެ ނިއަލަށް ދެމިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ