މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ!

މިއަދު މެންދުރުގެ ވަގުތުތަކެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެކުންފުނިން އެކްސްގައި ބުނީ، ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލަނީ، ކަރަންޓު ވިޔުގައިގެ މަސައްކަތްތަކެއް ކުރާތީ ކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ މާފަންނުގެ ކޯރުކެނޑި މަގާއި، ސައިމާ ގޯޅި ހިމެނޭ ސަރަހައްދުންނެވެ. އެއީ މިއަދު މެންދުރު 14:00 އިން 16:00 އަށެވެ.
ސްޓެލްކޯ އިން ވަނީ، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކާ އެ ކުންފުނިން ވަނީ މައްޗަށްވެސް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ