އެއްކޮޅުން ގާސިމަށް ވެރިކަން ހޯދައިދޭން؛ އަނެއްކޮޅުން ދައްކަނީ ގާސިމް އަވަހާރަވާނެ ވާހަކަ: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ. 
"ހަސަން ކުރުސީ" ގެ ނަމުގައި ޓުވީޓް ކުރާ އެކައުންޓުން ކޮށްފައިވާ ޓުވީޓަކަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވަނީ މީހަކު ދައުރު ތެރޭގައި އަވަހާރަވޭތޯ އުއްމީދު ކޮށްގެން ވެރިކަމަށް ގެންނަން މަސައްކަތް ކުރާތަން ވެސް ފެނިއްޖެ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. 
"މި މީހުންގެ ވިސްނުން ހުރިގޮތް މިވަރުން އެނގޭ. އެއްކޮޅުން ގާސިމް ވެރިކަމަށް ގެންނާށޯ. އަނެއްކޮޅުން ގާސިމް ދައުރު ތެރޭ އަވަހާރަވާ ވާހަކަ ކެނޑިނޭޅު ދައްކަނީ. މީހަކު ދައުރު ތެރޭގައި އަވަހާރަވޭތޯ އުއްމީދު ކޮށްގެން ވެރިކަމަށް ގެންނަން މަސައްކަތް ކުރާތަން ވެސް އެންމެ ފަހުން މި ފެނުނީ! ދެރަވަރު!" ރޮޒައިނާ ވިދާޅުވި އެވެ. 
Advertisement
ހަސަން ކުރުސީގެ އެކައުންޓުން ކޮށްފައިވާ ޓުވީޓުގައި ބުނީ ގާސިމަކީ ބަލި ބޭފުޅެއް ކަމަށާ އެ ބޭފުޅާގެ ހިތުގެ މައްސަލަތައް ވެސް ހުންނަ ކަމަށެވެ. އެހެންކަމުން ނާއިބަކަށް ލާންވާނީ ރައީސްކަން ކުރަން އިތުބާރުކުރެވޭ ބޭފުޅެއް ކަން ފާހަގަކޮށް ބުނެފައިވަނީ އެ މަގާމަށް ލާން ވަނީ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ނޫން ކަމަށެވެ. 
ރޮޒައިނާގެ ޓުވީޓުގައި ސީދާ ރައީސް ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ގޮފީގެ ނަން ވިދާޅުވެފައި ނުވި ނަމަވެސް، "ހަސަން ކުރުސީ" އަކީ ރައީސް ނަޝީދު ކަމަށް އޭނާ ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެއީ ރައީސް ނަޝީދު ފޮރުވިގެން ހިންގާ ޓުވިޓާ އެކައުންޓެއް ކަމަށް ސަރުކާރަށް ތާއިދު ކުރާ އެހެނިހެން ބައެއް މެންބަރުން ވެސް ވަނީ މީގެ ކުރިން ތުހުމަތު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ