މެންބަރު ހުސައިންގެ ތުހުމަތުތަކެއް ޔާމީން ސަރުކާރަށް!

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް)، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރައްވައި، މަޖިލިޙުގައި ވާހަކަ ދައްކަވައިފިއެވެ.
އޭނާ މި ތުހުމަތުތައް ކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ޚިދުމަތާއިި މުދަލުގެ އަގު ބޮޑުވުން ކޮންޓްރޯލު ކުރުމަށް ސަރުކާރަށް ގޮވައިލާ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ހުސައިން ވިދާޅުވީ އެ ގަރާރު މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ޓެކްހުން 2 ރުފިޔާ އިތުރަށް ނެގީމާ އޭގެ ސަބަބުން ރައްޔިތުންނަށް އޮބިނޯންނަކަމަށް ވިދާޅުވެ ކަމަށެވެ.
"ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކިއިރު، އޭރުގެ އިކޮނޮމިކް މިނިސްޓަރ މި ގަރާރަށް ހަޖޫ ޖަހައި، ސަރުކާރަށް ފުރައްސާރަކުރިއިރު، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ސަރުކާރު، ޔާމީންގެ ސަރުކާރުގަ 8 ޕަސެންޓުން 12 ޕަސެންޓަށް ޖީއެސްޓީ އިތުރުކުރެއްވި. އެއީ އޭރުގެ އިކޮނޮމިކް މިނިސްޓަރުކަމުގަ ހުންނެވި ހުންނެވި އަދި މިހާރު އެއީ މާވަށު ދާއުރާގެ މެމްބަރު." ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޔާމީންގެ ސަރުކާރުގައި މުދަލާއި ތަކެތީގެ އަގު ހެޔޮ ކުރުމަށް ކުރި އެންމެބޮޑު އެއްކަމަކީ ރާއްޖެ ޓީވީ ގައި ހުޅުޖަހާ ރޯކޮށްލުން ކަމަށެވެ. އަދި ނޫސްވެރިންނަށް މިނިވަންކަން ދިނުމާއި ބެހޭގޮތުން ކުރި އެންމެބޮޑު އެއްކަމަކީ ނޫސްވެރިޔާ އަސްވާޑުގެ ލޯ މަތީގައި ދަނގަޑަކުން ޖަހާ އެއްލޯ ދުއްވާލުން ކަމަށެވެ.
ހަމަމިއާއެކު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލައި، ރިޟުވާން ގެއްލުވައިލުމަކީ ވެސް ނޫސްވެރިންނަށް މިނިވަންކަން ދިނުމަށްޓަކައި ޔާމީން ސަރުޚާރުން ކުރި ކަމެއްގެ ގޮތުގައި މެމްބަރު ހުސައިން ވަނީ ފާހަގަ ކުރައްވާފައެވެ.
އެ ޝަރީއަތްތަކާއި ހައްޔަރުކުރި މީހުންގެ ތަހުގީގުކުރެވެމުންދާ ކަންކަން ދަނީ ކުރިއަށްކަން ފާހަގަކުރައްވާ އޭނާ ވަނީ މި ސަރުކާރުން މިކަންކަން ހޯދުމުގައި ކުރެވުނު ހުރިހައި ކަމެއް ކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ ދެން ކުރެވުނު އެންމެބޮޑު އެއްކަމަކީ ތަކެތީގެެ އަގު ތިރިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތަޅުލައި، ބޮޑުކަންނެލި އުކާލާހެން މަޖިލީހުގެ މެމްބަރުން، ފާރުން ބޭރަށް އުކާލައި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ނުދީ ހިފަހައްޓާފައި ބޭއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ