މުސްލިމުންގެ ލޭއޮހޮރުވައިގެން 11 މީހަކު އުމުރަށް ޖަލަށްލާން އިންޑިއާ ކޯޓުން ހުކުމްކޮށްފި
އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި 2002 ވަނަ އަހަރު ގިނަ އަދަދެއްގެ މުސްލިމުންގެ ލޭ އޮރުވި މައްސަލައާ ގުޅިގެން 11 މީހަކު އުމުރަށް ޖަލަށްލާން އިންޑިއާ ކޯޓުން ހުކުމްކޮށްފި އެވެ. ގުޖުރާތު ސްޓޭޓުގައި އޭރު ހިނގައި ދިޔަ އެ ހަނގުރާމާގައި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ދުނިޔެދޫކޮށްފަ އެވެ. އިންޑިއާ ކޯޓުން އުމުރަށް ޖަލަށްލާން 11 މީހަކަށް ހުކުމް ކުރި އިރު ހަމަ އެ ހާދިސާގައި 69 މީހަކު މަރާލިކަން ސާބިތުވެ، 12 މީހަކު ހަތް އަހަރަށް ޖަލަށްލާން ވެސް ވަނީ ހުކުމް އިއްވައިފަ އެވެ. ގުޖުރާތުގެ އަހުމަދުއާބާދު އަވަށުގައި އަންދައި އަނިޔާކޮށް މަރާލި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އެ މައްސަލާގައި ހުޅުޖެހިކަން ސާބިތުވެ، މީހަކު 10 އަހަރަށް ޖަލަށްލާން ވެސް އިއްޔެ ހުކުމްކުރި އެވެ. އެހަމަލާތަކަކީ ދުރާލާ ރާވައިގެން މުސްލިމުންނާ ދެކޮޅަށް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ހިންގާފައިވާ ޖަރީމާއެއްކަމަށް މީގެ ކުރިން ވެސް ކޯޓުން ބުނެފައިވެ އެވެ. އެ ހާދިސާ ހިނގައި ދިޔަ އިރު އިންޑިއާގެ މިހާރުގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ހުންނެވީ ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރަކަށެވެ. އެ ހާދިސާ ހިނގައި ދިޔަތާ ކުޑަދުވަސްކޮޅެއް ފަހުން 2002 ފެބުއަރީ 27ގައި ގުޖުރާތު ސްޓޭޓްގެ ހިންދޫއިން ދަތުރުކުރި ޓްރެއިންއެއްގައި ރޯވެ 59 މީހަކު ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ތުހުމަތުކުރަނީ މުސްލިމުންގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ