ޔާމީން ނޫން ޕްލޭނެއްގެ ވާހަކަ ދެއްކި މައްސަލަ ހޫނު ޒުވާބަކަށް، އެ މައްސަލަ ބަލަނީ!

ޕީޕީއެމްގެ ސެނެޓުން ފާސްކޮށް ޕީޕީއެމް/ޕީއެންސީން ކަންކަން ނުނިންމާ ކަމަށް ބުނެ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލެވޭނެ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ކަނޑަނާޅައި ލަސްކުރާ މައްސަލާގައި އެ ޕާޓީގެ ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި އިއްޔެ ހޫނު ޒުވާބެއް ހިންގައިފި އެވެ.
ޔާމީންގެ ކެންޑިޑެސީއާ މެދު އެ ޒުވާބުގެ ތެރޭގައި ސުވާލު އުފެއްދުމުން ސެނެޓްގެ ބައެއް މެމްބަރުން "ހާއްސަ ކޮމިޓީ" އަކަށް ރޭ ހާޒިރުކޮށް ސުވާލު ކުރި ކަމަށް މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުންޏެވެ. ކޮމިޓީގައި ތިއްބެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ތިން ބޭފުޅެކެވެ.
"މައިގަނޑު ސުވާލަކީ ރައީސް ޔާމީނަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑއަޅާފައި ވަނިކޮށް، އެ އަށް ހުރަސް އެޅޭ ގޮތަށް ވާހަކަ ދެއްކުން. އޭގެ ސަބަބުން އެހެން ޕާޓީތަކަށް ކުރިއެރުން ލިބި ޕީޕީއެމްގެ އެތެރެ ހަލާކުވާން މަގުފަހިވެދާނެ ކަމަށް ބުނެ ސުވާލު ކުރީ،" އިއްޔެގެ އެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި އެ ޒުވާބު ހޫނުވީ، އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ކުރެއްވި ޓުވީޓަކަށް ފަހު އެވެ. އިއްޔެގެ މެންދުރުފަހު އޭނާ ކުރެއްވި ޓުވީޓެއްގައި އުފެއްދެވީ ސުވާލެކެވެ.
"ރައީސް ސޯލިހު ފަދަ މަކަރުވެރި ހީލަތްތެރި އަނިޔާވެރިއެއް އޭނާގެ އަނިޔާވެރިކަން ދޫކޮށް ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ނުވަތަ ރިޔާސީ ރޭހުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް ގަބޫލު ކޮށްގެން ސަރުކާރުން ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކުޅޭ ޗަރުކޭސް ހަމަ ބަލަން ތިބެންވީތޯ؟،" ޝަކީލްގެ ޓުވީޓުގައި ސުވާލު ކުރެއްވި އެވެ.
ޝަކީލްގެ އެ ސުވާލާ އެކު، ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގެ ބައެއް މެމްބަރުން އެއާ ދެކޮޅަށް އަދި އަނެއްބައި ބޭފުޅުން ލީޑަޝިޕުން ކަންތައް ކުރާ ގޮތް ދިފާއު ކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވި އެވެ. މައްސަލައަކީ ޔާމީނަށް ކުރިމަތިނުވޭ ހާލަތުގައި ކެންޑިޑޭޓަކު ނުދައްކައި ޕީޕީއެމްގެ ލީޑަޝިޕުން ކުރިއަށް ދާތީ އެވެ.
ކަންބޮޑުވުމާ އެކު، ކުރެއްވި ޓުވީޓަކަށް ފަހު ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި ޝަކީލް ވިދާޅުވީ، ޕީޕީއެމްގެ މިސްރާބު ހުރީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ ދިމާލަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސްއަޅުއްވާ މައްސަލާގެ ވާހަކަ ދެއްކުމަކީ ޔާމީނާ ދެކޮޅަށް އޭނާ ދަންނަވާ ވާހަކައެއް ނޫން ކަަމަށެވެ.
"ނަމަވެސް އެ ހާލަތަށް ޕީޕީއެމް ތައްޔާރު ވެގެން ނޫނީ އަނިޔާވެރިކަމުން ރައީސް ޔާމީން މިނިވަން ކުރެވޭނެ މަގެއް ނޯންނާނެ،" ޝަކީލް ވިދާޅުވި އެވެ.
ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭ މައްސަލާގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި އެއްބޭފުޅަކީ ސެނެޓް މެމްބަރު މުއާޒް ހަލީމެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމްގެ ޒަމާންވީ އަސާސްތައް ފުނޑުފުނޑުވެ، އެހެން ޕާޓީތަކުގެ ފަލްސަފާތައް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. ވިދާޅުވީ، އެ ވާހަކަތައް ސެނެޓް ގުރޫޕްގައި ލިޔުއްވީ ޕާޓީގެ އެތެރޭގައި އެ މައްސަލަތައް ބާއްވަން ކަމަށެވެ.
"މި ޕާޓީ މިހާރު ފެންނަނީ އަމާޒެއް ނެތި އޮޔާދާ ކަނދުފައްޗެއްގެ ސިފައިގައި،" މި ވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވިގޮތުގައި، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް ވާއިރު، ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ހުށަހަޅަން ދެ މަހަށް ވުރެ ކުރު މުއްދަތެއް އޮވެމެ، ހަގީގަތަކީ ރިޔާސީ ކެމްޕެއިން ނުފެށޭ ކަމެވެ.
"ރީތިކޮށްލަން އެއްވެސް ބޭފުޅަކު ވާހަކައެއް ވިދާޅުވާނެ ކަމެއް ނެތް. އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮވެ އިބޫ ސޯލިހު ހިތް އެދޭ ގޮތަކަށް ނުވަތަ އޭނާ ރާވާހާ ގޮތަކަށް ދީލާލައިގެން ތިބުމަށް ވުރެ އަޅުގަނޑުމެންގެ ޕާޓީ އާއި އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު އަދި ޕީޕީއެމްގެ ސަޕޯޓަރުންނަށް އެންމެ ފައިދާ ހުންނާނެ ގޮތަށް ކަންކަން ކުރަން ޖެހޭ. ޕްލޭން އޭ ފެއިލް ވެގެން ދާއިރު ޕްލޭން ބީ އިން ޒެޑަށް ވެސް ޕްލޭންތައް ހުންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މުއާޒްގެ އެއް ކަންބޮޑުވުމަކީ ޕީޕީއެމްގެ ޕްލޭންތަކާއި ކުރިމަގަށް ރާވާ ކަންކަން ސެނެޓަށް ސިއްރު ކުރާ މައްސަލަ އެވެ. އޭނާ ވިދާޅުވީ، އެ ގޮތަށް ޕީޕީއެމުން ކަންކަން ކުރާ ނަމަ "އިބޫ ސިއްރުން ކަންކަން ކުރާ ވާހަކަ ދައްކާނެ ކަމެއް ނެތް" ކަމަށެވެ.
"ރިޔާސީ އިންތިހާބުން އެއްވެސް ގޮތަކުން ޕީޕީއެމް ބަލިވެދާނެ ހާލަތަކީ ރައީސް ޔާމީނަށް އަދި މި ޕާޓީ އަށް ވެވޭ ބޭއިންސާފެއް،" މުއާޒް ވިދާޅުވި އެވެ.
ޔާމީންގެ މައްސަލައިގެ އިތުރުން ދެން އެ ބޭފުޅުން ނެންގެވީ ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) އާއި އޭނާގެ ނައިބު އަބްދުﷲ ނާޒިމް އިބްރާހިމް އައްޔަން ކުރި ގޮތާއި ޗާގޮސް މައްސަލާގައި ޕީޕީއެމްގެ ސްޓޭންޑެވެ.
އެ މައްސަލާގައި ޝަކީލްގެ ސުވާލަކަށް ވީ، ތަހުޒީބު މުޖުތަމައުގައި ކަންކަން ކުރާ ގޮތަށް ޕީޕީއެމްގެ ސެނެޓުން ނިންމީ ކޮން ކަމެއްތޯ އެވެ. އެއާ ވިއްދައިގެން ކުރެއްވި ސުވާލަކީ ޔާމީންގެ ކެމްޕެއިން މެނޭޖަރާއި އޭނާގެ ނައިބު އައްޔަން ކުރީ ސެނެޓުގެ ބަހެއް ނުވަތަ ސެނެޓުން ފާސްކޮށްގެންތޯ އެވެ.
Yameenge Campaign manager akah Ameen, Naib akah Naazim
The most trusted news source in the Maldives
Mihaaru
"ޗާގޮސް އިޝޫގައި މަލްޓި ޕާޓީ ޑިސްކަޝަން ދަނީ ސެނެޓްގައި މަޝްވަރާ ކުރެވިގެންތޯ،" ސެނެޓުން ކަންކަން ފާސްނުކޮށް، ތަންފީޒު ކުރާ މައްސަލާގައި ޝަކީލް ސުވާލު ކުރެއްވި އެވެ.
އެ ހޫނު ޒުވާބުގައި ޕީޕީއެމްގެ ލީޑަޝިޕާ އެއްކޮޅަށް ވާހަކަ ދެއްކެވީ ފެނިފައިވާ ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ސެނެޓް ގުރޫޕްގައި ފާޅުކުރައްވާ ހިޔާލުތަކާ ދެކޮޅު ނުހައްދަވާ ކަމަށެވެ. ދެން އުފެއްދެވި ސުވާލަކީ ސެނެޓަށް ސިއްރުން މިހާތަނަށް ކުރީ ކޮން ކަމެއްތޯ އެވެ؟
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި ދެވަނަ ޕްލޭނެއް ނެތް ކަމަށް ބުނެ ސެނެޓްގެ ބައެއް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުން.---ފޮޓޯ: ޕީޕީއެމް
އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޖަލަށް ލުމާ އެކު، ސެނެޓުގެ އިއްތިފާގުން ނިންމާފައި ވަނީ ޔާމީން ނޫނީ ދެވަނަ ގޮތެއް ނޯންނާނެ ކަން ކަމަށާއި އެންމެން ތިބީ އެ މަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ.
"އެ މަނިކުފާނުގެ އިރުޝާދާ ނުލައި މިހާތަނަކަށް އެއްވެސް ކަމެއް ޕާޓީއަކުން ނުކުރޭ. ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް، މިހާ ހިސާބަށް އަޅުގަނޑުމެން ދާން ވާނެ ކަމަށް އަޅުގަނޑު ނުދެކެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ އަށް އަސަރު ކުރާ ގޮތަށް ކަންކަން ނުކުރަން އެ މަނިކުފާނު އެންމެ ފަހުން ވެސް އެދިވަޑައިގެންނެވި ކަމަށާއި ޔާމީން ޖައްސަވާ ހިސާބުތަކެއް ހުންނާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"ރައީސް ޔާމީނެއް މި ޕާޓީ ހަލާކުގެ ތެރެއަށް ވައްޓާލަފާނެ ކަމަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެން އެންމެންނަށް ވުރެ ބޮޑަށް ޕާޓީގެ ހުރިހާ އާންމު މެމްބަރުންގެ މަސްލަހަތާ މެދު އެ މަނިކުފާނު ވިސްނަވާނެ،" ޝުޖާއު ވިދާޅުވި އެވެ
ޔާމީންގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނެ، ޕީޕީއެމްގެ އޭރުގެ މެމްބަރު އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބެލިތާ އަދި ވާނީ މަހެއްހާ ދުވަހެވެ. އޭރު ވެސް މައްސަލައަކަށް ވީ ޔާމީންގެ ކެންޑިޑެސީއާ ދެކޮޅަށް ރަމީޒް ވާހަކަ ދެއްކެވުމެވެ. އެކަމަކު، ސުލޫކީ ކޮމިޓީ އަށް ހާޒިރުވެ ދެއްވި ބަޔާނުގައި ރަމީޒު އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
ދެން ފެނުނީ ކޮންމެވެސް ސަބަބަކާ ހެދި ނަމަވެސް، މައްސަލަ ބަލައި ނުނިމެނީ ރަމީޒު ޕީޕީއެމުން ވަކިވެވަޑައިގެންނެވި ތަނެވެ. އޭގެ ފަހުން ދެން ޕީޕީއެމްގެ ލީޑަޝިޕުން އިއުލާން ކުރި ގޮތުން ނަމަ ރަމީޒުގެ މައްސަލަ ބަލަން އެންގެވީ ސީދާ ޔާމީނެވެ. އެ މަނިކުފާނު ލީޑަޝިޕަށް އެންގެވީ ރަމީޒުގެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ނިންމާށެވެ.
Rameez ge massala husha helhee Yameen ge faraaiypulhun: PPM
The most trusted news source in the Maldives
Mihaaru
އޭގެ ފަހުން އަނެއްކާ ވެސް ޔާމީން ނޫން ނުވަތަ އެހެން ޕްލޭނެއްގެ ވާހަކަ އިއްޔެ ދެއްކި ހިސާބުން މިހާރު ވަނީ ގޯސްވެފަ އެވެ. އެކަމަކު، މި ފަހަރު ފެނުނީ ލީޑަޝިޕްގެ "ހާއްސަ ކޮމިޓީ" އެކެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ތެރޭގައި އޮންނަ ސުލޫކު ކޮމިޓީއެއް ނޫނެވެ.
ޕީޕީއެމްގެ އެތެރޭގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި އިއްޔެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނާއި ޝަކީލް ކުރެއްވި ޓުވީޓުގެ މައްސަލަ "ހާއްސަ ކޮމިޓީ" އަކުން ބަލަން ފަށައި ޝަކީލް އާއި ބައެއް އެހެން މެމްބަރުން އެ ކޮމިޓީ އަށް ހާޒިރުކުރި ކަމަށެވެ.
"ޝަކީލްގެ އިތުރުން ރޭނިސް ސަލީމް ވެސް ހާޒިރުކުރި. މުއާޒް ހަލީމް ހާޒިރު ނުކުރެވުނީ ރާއްޖޭގައި ނެތީމާ. މި ކޮމިޓީ އައީ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ ރިކުއެސްޓަކަށް ކަމަށް ވަނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ