ރައީސްގެ ލީގަލް ކައުންސެލްގެ މަގާމުން އަހުމަދު އަބްދުﷲ އަފީފް ވަކިކުރައްވައިފި

ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމުން އަހުމަދު އަބްދުﷲ އަފީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަކި ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ރައީސްގެ ލީގަލް ކައުންސެލްގެ މަގާމުން އޭނާ ވަނީ މިއަދު ވަކިކޮށްފަ އެވެ. އެކަމަކު، މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެހެންވެ، އޭނާ ވަކި ކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އަހުމަދު މަގާމުން ވަކި ކުރަން ނިންމާފައި މިވަނީ އޭނާއާ ބެހޭ ގޮތުން ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ. އަދި އޭނާގެ މަގާމުގެ ޒިންމާ އަދާކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.
އެނގުން މުހިންމު - ރައީސްގެ ލީގަލް ކައުންސެލް އަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. އެ މަގާމަށް މީހުން އައްޔަން ކުރައްވަނީ ރައީސް އެވެ.
ރައީސް ސޯލިހު ހުވާކުރެއްވި ދުވަހު މަގާމަށް އައްޔަންކުރެއްވި އަހުމަދު އަބްދުﷲ އަފީފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ވެސް ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ