ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބޭރުމީހަކު ހައްޔަރު ކޮށްފި

ރާއްޖެއިން ބޭރުން މީހުން ގެނެެސްގެން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ފައިޖުލް އިސްލާމް(33އ)އެވެ. ވިލިމާލޭގައި ދިރިއުޅެމުންދިޔަ މި މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.
ހަށިވިއްކުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރިއިރު، އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ފައިޖުލް އިސްލާމްއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހެއްކަމަށާ އަދި އޭނާއަކީ އެ ނެޓްވޯކުގެ އިސް ފަރާތް ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ.
އޭނާ އަކީ ނެޓްވޯކުގެ އިސް މީހާ ކަމަށް ތުހުމަތު ކުރެވޭ އިރު، ކޯޓުން އޭނާ ބަންދު ކުރަން ނިންމީ މައްސަލައިގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް އަދި ފިލައިގެން ގޮސްފާނެ ކަމަށް ބަލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ