ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލައިފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމައި އެ ކަމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.މިދިޔަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދެވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އެއާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރިލްގައި ބޭއްވުމަށް ނިންމާފަ އެވެ.އެމްޑީޕީން ބުނީ، އެ ދާއިރާ އަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހުޅުވާފައިވާ ކަމަށެވެ.އެ ކަމަށް އެދި ހުށަހަޅާ މީހުން 100 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ. އެއީ ޕްރައިމަރީގައި ބައިވެރިވާ މީހުންނަށް ތާއީދު އޮތް ކަން އަންގައިދޭ 100 މެމްބަރުންގެ ސޮޔެވެ.މެމްބަރަކު އަވަހާރަވެއްޖެ ނަމަ ހަ ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން އިއުލާންކުރުމަކީ އީސީގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމަކަށް ވާއިރު، އަންނަ އަންގާރަ ދުވަހުގެ ކުރިން އީސީން އެ އިންތިހާބަށް އިއުލާނު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ