މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންގްރެސްގައި ވޯޓަކާ ނުލައި އެ ޕާޓީގެ ލީޑަރު ކަމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހިމް ހޮވިވަޑައިގެންފި އެެވެ.
ރާއްޖޭގައި މެންބަރުން އެންމެ ގިނަ ތިންވަނަ ޕާޓީ، ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ހޮވިވަޑައިގަތީ އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުންނެވެ. ޖޭޕީ އުފެދުނީއްސުރެން މިހާތަނަށް އެ މަގާމުގައި ހުންނެވީ ގާސިމެވެ
އާ ދައުރަކަށް ލީޑަރުކަމާ ހަވާލުވެވަޑައިގެން ޕާޓީގެ މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، އިންތިހާބަކާ ނުލައި ލީޑަރު ކަމަށް އޭނާ ކަނޑައެޅުމުން މާބޮޑަށް އުފާ ނުވާ ކަމަށާއި ނަމަވެސް އެކަން ބަލައިގަންނަ ކަމަށެވެ.
“އަޅުގަނޑާ ވާދަކުރަން އެހެން ބޭފުޅަކު ނެތްކަމީ ހިތާމަކުރާ ކަމެއް،” ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ޕާޓީ ޒަމާންތަކަކަށް ދެމިގެން ދިއުމަށްޓަކައި ކަންތައްތަކެއް ކުރަންޖެހޭކަން މެންބަރުން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ކުރި ކަންތައްތައް ބަލައިގަނެ، ކުރިއަށް ގެންދާނެ ރަނގަޅު ލީޑާޝިޕެއް ރައްޔިތުންގެ ތެރެއިން އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރަކަށް އަނެއްކާވެސް ގާސިމް، ”ބޮޑު އުފަލެއް ނުވޭ, ހިތާމަކުރަން”
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ