އެމެރިކާއާ އެކު ހެދި ވިޔަފާރީގެ އެއްބަސްވުން އީޔޫ އިން ސަސްޕެންޑްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ހިފުމަށް ގޮވާލުމާ ގުޅިގެން، ޔޫރަޕިއަން ޕާލިމެންޓުން މިދިޔަ ޖުލައި މަހު އެމެރިކާއާ އެކު ސޮއިކުރި ވިޔަފާރީގެ އެއްބަސްވުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.
އެ އެއްބަސްވުން ސަސްޕެންޑް ކުރިކަން އިއްޔެ ފްރާންސްގައި އިއުލާން ކުރީ، ޑާވޯސްގައި ބާއްވަމުން އަންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕް ތަގުރީރު ކުރެއްވި ފަހުންނެވެ.
އީޔޫ އިން އެ ފިޔަވަޅު އަޅާފައި މިވަނީ އެމެރިކާ އާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ނުތަނަވަސްކަން އުފެދި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ގަތުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ. އެ އޭގެ ސަބަބުން މާލީ ބާޒާރުތައް ގުޑި، ވިޔަފާރީގެ ހަނގުރާމައެއް ފެށި، އެމެރިކާއާ ދެކޮޅަށް ބަދަލު ހިފުމުގެ ވާހަކަތައް އަލުން ފެށިގެން ދިޔަ އެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ޓްރަމްޕް ވަނީ ގްރީންލޭންޑްގެ މުސްތަގުބަލާ ގުޅޭ "ފްރޭމްވޯކް" އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ނޭޓޯގެ އަށް ގައުމެއްގެ މައްޗަށް އާ ޓެރިފް ނުނަގާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިދިޔަ ޖުލައި މަހު ސްކޮޓްލެންޑުގެ ޓާންބެރީ ގޮލްފް ކޯސްގައި ދެ ފަރާތުން  އެއްބަސްވުމަކަށް އައި ފަހުން އެމެރިކާ އާއި ޔޫރަޕާ ދެމެދު އޮތް ވިޔަފާރީގެ ނުތަނަވަސްކަން ކުޑަވި އެވެ.
އެ އެއްބަސްވުމުގެ ދަށުން ޔޫރަޕްގެ ގިނަ މުދަލުން އެމެރިކާ އިން ނަގާ ޓެރިފް، ކުރިން ހުށައެޅި %30 އިން %15އަށް ދަށް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ