ރައީސް މުހައްމަދު މުއިއްޒު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު ރާއްޖެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މިއީ ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް، އިއްޔެ ބޭއްވި އެ ގައުމުގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ތަފްސީލް - ރައީސް މުއިއްޒު ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ:
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ތޯރިގް ރަހުމާންއާ ބައްދަލުކުރައްވާފައި
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ދެއްވި
އެނގުން މުހިންމު - ތޯރިގް ރަހުމާނަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުންނެވެ. މީގެ ކުރިން ބަންގްލަދޭޝްގެ ވެރިކަން ދިގު މުއްދަތަކަށް ދައުރުވަމުން އައީ ހާލިދާ ޒިޔާ އާއި އޭނާގެ ވާދަވެރި ޝައިހް ހަސީނާއާ ދެމެދުގަ އެވެ.
ޝައިހް ހަސީނާގެ ވެރިކަން ވައްޓާލީ 2024ގައި ޖެން-ޒީ އުމުރުގެ މީހުން އިސްވެ ކުރި މުޒާހަރާތަކުގެ ތެރެއިންނެވެ. ހަސީނާ މިވަގުުތު ދިރިއުޅުއްވަނީ އިންޑިއާގަ އެވެ.
ރައީސް މުއިއްޒު ބަންގްލަދޭޝްއިން ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ