1،400 މީހުންގެ ޖާގައިގެ ބަރުބަރީ މިސްކިތް ހުޅުވައިފި

މާލޭގައި އަމިއްލަ ފަރާތަކުން އަލުން ބިނާކުރި މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް)، ރައީސް މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މި މިސްކިތް ހުޅުވައިދެއްވީ މިއަދުގެ އަސުރު ނަމާދު ވަގުތުގަ އެވެ. އެ މަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައެއް އެހެން ވަޒީރުން ވެސް ތިއްބެވި އެވެ.
ތަފްސީލް - ބަރުބަރީ މިސްކިތް އަލުން ތަރައްގީކޮށްފައިވަނީ:
އަލިސާފު ކުންފުނީގެ އެހީތެރިކަމާ އެކު 
މި މިސްކިތް ބިނާކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 2024ގައި
3 ފަންގިފިލާގެ މި މިސްކިތުގައި 1،400 މީހުންނަށް ނަމާދު ކުރެވޭނެ
ފާހަގަކޮށްލެވޭ - އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން 90އަށް ވުރެ ގިނަ މަޝްރޫއު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ