އުރީދޫގެ 15 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި އުރީދޫ އެޕުން 100 ރުފިޔާ ހޭދަކޮށްގެން ޓެމޫގެ 100 ޑޮލަރުގެ ވައުޗަރެއް! އުރީދޫ މޯލްޑިވްސްގެ އާ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އިނާމު ޕޫލުގައި 5000 ރުފިޔާ: އުރީދޫ ނޭޝަންގެ މުބާރާތްތަކަށް ރަޖިސްޓްރީވާން ހުޅުވ

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، އެ ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޑް ބަހަން ފާސްކުރުމަށް ނިންމައިފިއެވެ.
މި ޖަލްސާގައި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމެވެ. މީގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ޑިރެކްޓަރަކު އިންތިޚާބުކުރުން ވެސް މި ޖަލްސާގައި ކުރިއަށްދާނެއެވެ.
އުރީދޫއިން ބުނީ ޖަލްސާގައި ބައިވެރިވެވޭނީ މާރިޗު 2 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:30 ގެ ކުރިން ރަޖިސްޓަރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި ޖަލްސާގައި އޮންލައިންކޮށް “ފަހިވޯޓު” މެދުވެރިކޮށް ބައިވެރިވެވޭއިރު، އުރީދޫ ހެޑްކުއާޓާސްއަށް ހާޒިރުވެގެން ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 128 ހިއްސާދާރުންނަށެވެ.
ޖަލްސާގައި ބައިވެރިވެ، ވޯޓުލުމުގެ ފުރުސަތު ލިބޭނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. ކޮންމެ ހިއްސާދާރަކަށް ވެސް އެ ފަރާތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ