ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑުކޮށްލުމަށް ހިންގާ "ހީލަތްތެރި ރޭވުމެއް ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލުކުރާ ފެހި ގާނޫނުއަސާސީގައި އޮތީ ދިވެހި ދައުލަތުގެ ތިން ބާރު ވަކިން ހިނގަންޖެހޭ ގޮތަށް ކަމަށް ފާހަގަކުރައްވައި އާތިފް ވިދާޅުވީ، މުއިއްޒު ގެންނަން އުޅުއްވާ ބަދަލުތަކަކީ އެ އަސާސާ މުޅިން ހިލާފު ކަންކަން ކަމަށެވެ. އެހެންކަމުން މިއީ އެންމެހާ ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސިޔާސީ މީހުން ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރު މަދުވާނެ ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މި ކަޑަޖަހާ ޖެހުމަށް ބަލާއިރު އަދިވެސް އިންތިހާބު ގިނަކުރަން. ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ވަކިން ބާއްވަން ފެންނަނީ. ކޮންމެ އަހަރަކު އިންތިހާބު އޮންނަ ގޮތަކަށް ނިޒާމު ފަރުމާކުރަންޖެހޭ،" އަދަދު ނޫހުން ރޭ ގެނެސްދިން ފެންނަނުފެންނަ ޕްރޮގްރާމުގައި އާތިފް ވިދާޅުވިއެވެ.
އިންތިހާބުތައް އެއްކޮށްލުމުން 50 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ވެސް އާތިފު ރައްދު ދެއްވައި ވިދާޅުވީ، ބޭރުގެ އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންނަށް އެކަނިވެސް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށާއި، އެއީ މާ ބޮޑު ބޭކާރު ހަރަދެއް ކަމަށެވެ.
"މިކަހަލަ ތާކުންތާކުނުޖެހޭ ވާހަކަ ދައްކައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވެގެން ދިވެހިރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑު ކޮށްލައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން މިދަނީ،" އާތިފު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ހެޔޮނުވާނެ ހަގީގަތުގައި އެއްވެސް ދިވެއްސަކު މިކަމާ ބައިވެރިވެ މި މަޅީގައި ޖެހެން."
ރިފަރެންޑަމަކީ ހީލަތްތެރި ރޭވުމެއް، މިމަޅީގައި ޖެހެން ހެޔޮނުވާނެ: އާތިފު ރިފަރެންޑަމަކީ ހީލަތްތެރި ރޭވުމެއް، މިމަޅީގައި ޖެހެން ހެޔޮނުވާނެ: އާތިފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ