ގިރާވަރުފަޅުގެ ބިން ހިއްކުން 2 ޑްރެޖަރާ އެކު ބާރަށް ކުރިއަށް
ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދެ ޑްރެޖަރާ އެކު ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު ވިދާޅުވެއްޖެއެެވެ. ގިރާވަރުފަޅުން ޖުމުލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ފޮޓޯތަކެއް އާންމުކޮށް، އެ ފަޅު ހިއްކުމުގެ މަސައްކަތް އެއް ފަހަރާ ދެ ޑްރެޖަރާ އެކު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މި ކަމާ ގުޅޭ އިތުރު ތަފުސީލެއް އެ މަނިކުފާނު ހިއްސާކުރައްވާފައެއް ނުވެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މެދުކެނޑުމަކަށް ފަހު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ މަހުގައި ފަށާފައި ވަނިކޮށެވެ. އޭގެ ކުރިން ވަނީ އެ ސަރަހައްދުން 54 ހެކްޓަރުގެ ބިން ހިއްކާފައެެވެ. https://x.com/MMuizzu/status/2022281442051702847 ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ނިންމީ 2،000 ގޯއްޗެވެ. އެކަމަކު، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް އޭޕްރީލް ހަތެއް، 2024 ގައި ހުޅުވާލިއެވެ. އެ ފުރުސަތުގައި ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް 2210 މީހުން އެދުނެވެ. އެ މީހުންގެ މެދުގައި ޖޫން މަހު ވަނީ ގުރު ނަގާފައެވެ. ކުރިއަށް އޮތް ތިން މަސް ތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް މުއިއްޒު މިދިޔަ ނޮވެންބަރު 25 ގައި ވަނީ ވިދާޅުވެފައެވެ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ހުޅުމާލޭ ފޭސް ތިނަކާއި ގުޅީފަޅުގެ އިތުރުން އުތުރު ތިލަފަޅުގެ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް އިތުރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ހައުންސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުމީގެ ކުރީން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ