ބޮޑުތަކުރުފާނު މަގު ހަދާ ސަރަޙައްދުގައި ހުރި ތަކެތި ނެގުމަށް އަންގައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި ނެގުމަށް އިމާރާތްތަކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ހެދުމުގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަކަމަށެވެ.
އެހެންކަމުން، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައިވާ ތަކެތި މާދަމާ ހެނދުނު 6:00 ޖެހުމުގެ ކުރިން ނެގުމަށް އަންގާކަމަށެވެ. އަދި މި ތާރީޚުގެ ފަހުން މަގުގައި ބަހައްޓާފައިވާ ތަކެތި އެ ވުޒާރާގެ ފަރާތުން ނަގާނެކަމަށެވެ.
4 ސެގްމަންޓްގެ މަސައްކަތް އެއްފަރާ ކުރިއަށްގެންދިއުމަށް، މާލޭގެ އުތުރު ފަރާތުން ބޮޑު ސަރަޙައްދެއް ބަންދުކުރެއެވެ. އެ ސަރަޙައްދަކީ މާލޭގައި ފެރީތަކަށް ބޭނުންކުރާ މައި ސަރަޙައްދަށް ވުމާއެކު، ގިނަ އަދަދަކަށް ސައިކަލުތައް ޕާކުކޮށްފައިވާ ސަރަޙައްދެކެވެ. އަދި ފެރިތަކުން ދަތުރުކުރާ މީހުންގެ ބައެއް މުދާވެސް ބާލާ، ބަހައްޓާ ސަރަޙައްދެކެވެ. އެހެންކަމުން މަގުގެ މަސައްކަތް ފެށުމަށް އެ ސަރަޙައްދު ބަންދުކުރުމުގެ ކުރިން އެފަދަ ތަކެތި ނެގުމަށް ވަނީ އަންގާފައެވެ. މި މަޝްރޫޢުގައި މިފަހަރު 700 މީޓަރުގެ ސަރަޙައްދު ތަރައްޤީކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ