މާލެ ސަރަހައްދުގައި ބޭރަށް ހިންގައި ހޮޑުލުން އިތުރުވަނީ

ހޮޑުލައި ބޭރަށް ހިންގުމުގެ ރޯގާ މާލެ ސަރަހައްދުގައި ފެތުރެން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ރޯގާގައި ބަލިވެ، ގިނަ ބަޔަކު މިހާރު ވެސް ދަނީ ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންނެވެ. ބައެއް ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދުމަށް ދަމާލާފައިވާ ކިޔޫ ދިގެވެ. އެތަނުގައި ތިބޭއިރު ވެސް ބައެއް މީހުންނަށް ހޮޑުލެވޭތަން ފެނެ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި މިދިޔަ ސްކޫލު ބޮޑު ބަންދުތެރެއިން ފެށިގެން މި ރޯގާ ދިޔައީ އިތުރުވަމުންނެވެ
އެޗްޕީއޭއިން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި އެއްޗެއް ނުބުނި ކަމުގައި ވިޔަސް މިދިޔަ ހަފުތާ ތެރޭގައި އެތަނުން ވަނީ، ބޭރަށް ހިންގާ ނަމަ ސަމާލުވާންވީ ކަންކަން ލިޔެފައިވާ ޕޯސްޓެއް އާއްމުކޮށްފަ އެވެ.
އޭގައި ބުނެފައިވަނީ:
ބޭރަށް ހިންގާ ނަމަ ގިނައިން ފެންބޮއެ، އޯއާރުއެސް އަދި ސޫޕް ކަހަލަ ދިޔާ އެއްޗެހި ބޭނުން ކުރުމަށް
ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް
ފާހާނާ ކުރުމަށް ފަހުގައި އަދި ކާ އެއްޗެހި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
ބަލިވެ އުޅޭ ނަމަ ސްކޫލަށް ނުވަތަ ވަޒީފާއަށް ނުދިޔުން
އެނގުން މުހިއްމު - މާލެ ސަރަހައްދުގައި އާއްމުކޮށް ބޭރަށް ހިންގައި، ހޮޑުލުމުގެ އައުޓްބްރޭކެއް ކުރިމަތިވީ މީގެ ހަތަރު އަހަރު ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ