މާލޭގެ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ބަންގްލަދޭޝް ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އެމް.ޑީ ރަޖިބް އަލީ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުން 35 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ފުލުހުން މިހާރު ވަނީ އޭނާ ރާއްޖެއިން ޑީޕޯޓްކޮށްލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
35 ފުޅި ބަނގުރަލާއިއެކު މާލޭ މަގުމަތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ