އައްޑޫ ސުކޫޕް ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅައިފި

އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ.ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ގޭންގެއް ކަމަށް ކަނޑައަޅަން ހައި ކޯޓަށް ހުށަހެޅީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕާ ގުޅޭގޮތުން ކަމަށެވެ. އެއީ މިދިޔަ އަހަރު އަމަލުކުރަން ފެށި ގޭންގް ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި އެފަދަ ފުރަތަމަ މައްސަަލަ އެވެ.އެ ބަޔާނުގައިވަނީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރު ވެސް އެކަމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ. އެހެންވެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ސްކޫޕު" އާއި "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައިދިނުމަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.ރާއްޖޭގައި ގޭންގުތައް ނޫޅޭ ކަމަށް ސަރުކާރުން މިހާރު ބުނި ނަމަވެސް، މި ސަރުކާރުން ކުރިން ބުނެފައިވަނީ ރާއްޖޭގައި 83 ގޭންގެއް ހަރަކާތްތެރިވާ ކަމަށާއި އެ ގޭންގުތަކުގައި 3،600 މީހުން ކުށްކުރުމުގައި އުޅޭ ކަމަށެވެ. އޭގެއިތުރުން މާލޭގައި އެކަނިވެސް 45 ގޭންގު ހަރަކާތްތެރިވާ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ