މަންދޫ ކައުންސިލްގެ އިންތިހާބު މެމްބަރު ޝަހީމާ އިދިކޮޅު އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ ޕީއެންސީއަށް!

އދ. މަންދޫ ކައުންސިލުގެ އިންތިހާބީ އަންހެން މެމްބަރު ޝަހީމާ ޝިހާބު ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
ޝަހީމާ ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނެވެ. ޝަހީމާގެ ފޯމާ ކޮންގްރެސް ޕާޓީގެ ފަރާތުން ހަވާލުވެލެއްވީ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެވެ.
ޝަހީމް އިންތިހާބުގައި ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އެވެ.
ޕާޓީއަށް ސޮއިކުރުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމާ ވިދާޅުވީ ކޮންގްރެސް ޕާޓީއަށް ސޮއިކުރީ ސަރުކާރާ ގުޅުގެން މަންދުއަށް ތަރައްގީ ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
މަންދޫ ކައުންސިލުން އަންހެނުންނަށް ކަނޑައަޅާފައިވާ ގޮޑި ޝަހީމާ ކާމިޔާބުކުރެއްވީ 150 ވޯޓާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ