ސަމާލު؛ ޑެންގީ ޖެހިގެން ރިޕޯޓްކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރު!
މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ޖެހުނު މީހުންގެ އަދަދު 400 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 483 ޕަސެންޓް އިތުރުވުމެކެވެ.ޑެންގީގެ ތަފާސްހިސާބުޖެނުއަރީ 2025: 76 | ޖެނުއަރީ 2026: 679ފެބްރުއަރީ 2025: 87 | ފެބްރުއަރީ 2026: 428މާޗް 2025: 76 | މާޗް 2026: 600އެޕްރީލް 2025: 135 | އެޕްރީލް 2026: 476އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރަނީ އަތޮޅުތަކުންނެވެ.އެޗްޕީއޭ އިން ވަނީ އަމިއްލަ ސާފުތާހިރު ކަމަށް އިސްކަންދީ، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރު އަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ