ރ.ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފަ! ސްކޫލު ބަންދާ ދިމާކޮށް 7000 މީހުން އުމްރާއަށް: ރައްކާތެރިވުމަށް އެޗްޕީއޭގެ ހާއްސަ އިރުޝާދުތަކެއް މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ

ޕާކްކުރުމަށްޓަކައި ހާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުން އަނެއްކާވެސް އެދިއްޖެއެވެ.
ފުލުހުން ބުނީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ. އަދި ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ،
ޓްރެފިކް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އާންމު ދަތުރުފަތުރަށާއި ޓްރެފިކް ފްލޯއަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރަމުން ގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް ކަފީހުރަސްމަތި، ގޯޅި ކަންމަތި، ދެ ރޮނގު ދަމާފައި ހުންނަ ސަރަޙައްދު، އޮފީސްތަކާއި މަދަރުސާތަކާއި މިސްކިތްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނުގެ ގޭޓް ކުރިމަތީގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރުމަށް އިސްކަންދެވޭނެކަން ޓްރެފިކް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންނަށް ދެއްވާ އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ. ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ދާދި ފަހުން ބުނެފައެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ