ހަރަދު ފޫބައްދަން ސަރުކާރުން 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.ރައީސް މުއިއްޒުގެ ސަރުކާރުން ޓީ-ބިލު ވިއްކައިގެން އާމްދަނީ ހޯދުމަށް އާއްމުގޮތެއްގައި ބަރޯސާވަމުންދާއިރު، އެކަމުން ދޭހަކޮށްދެނީ ޓެކްސް އާއި އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީ އަށް ވުރެ ހަރަދުތައް އިތުރުވެފައިވުން ކަމުގައި ތަޖުރިބާކާރުން ދެކެ އެވެ. ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި މާޗް 23 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދެއްކުމަށް ވިއްކާ 300 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޖޫން 1 ވަނަ ދުވަހަށް އަނބުރާ ދެއްމުކަށް ވިއްކާ 50 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.މީގެ އިތުރުން އޮގަސްޓް 24 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 57 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 759 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލަކީ މުސާރަ ދިނުމާއި، ދިފާއީ ކަންކަމާއި، އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އަވަހަށް ދަރަންޏަށް ފައިސާ ހޯދުމަށް ބޭނުން ކުރާ މާލީ ވަސީލަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ