މި ގެންނެވި ބަދަލުތަކުގެ ތެރެއިން މުޅީން އަލަށް އުފެއްދެވި ވުޒާރާއަކީ "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ" އެވެ. މި ބަދަލާއެކު މީގެ ކުރިން ހުރި ހަ ވުޒާރާއެއް ވަނީ އުވައިލާފައެވެ. އޭގެ ތެރޭގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، ހަޔަރ އެޑިޔުކޭޝަން، ޔޫތު، ސިޓީސް އަދި އެގްރިކަލްޗަރާ ގުޅޭ މިނިސްޓްރީތައް ހިމެނެއެވެ.
އަދި މިނިސްޓްރީ އޮފް ފިޝަރީޒްގެ ނަމަށް "އެގްރިކަލްޗަރ" އިތުރުކޮށް، "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް" އަށް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ބައެއް މުހިންމު އިދާރާތަކުގެ ބެލެނިވެރިކަންވެސް ވަނީ އެހެން ވުޒާރާތަކުގެ ދަށަށް ބަދަލުކުރައްވާފައެވެ. އެގޮތުން "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)" އާއި އާއިލީ ޚިދުމަތްތަކާ ގުޅޭ މަރުކަޒުތައް މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. އަދި ނޭޝަނަލް ކެރިއަރސް ސަރވިސް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވިއިރު، އެމް.ކިއު.އޭ އާއި ޕޮލިޓެކްނިކް ފަދަ ތައުލީމީ އިދާރާތައް ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ހަމައެއާއެކު، ތިމާވެއްޓާއި ހަކަތައާ ގުޅޭ ރެގިއުލޭޓަރީ އިދާރާތަކާއި މީޓިއޮރޮލޮޖިކަލް ސަރވިސް، އަލަށް އުފެއްދެވި ކްލައިމެޓް ޗޭންޖް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު، ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.
މި ބަދަލުތަކަކީ ދައުލަތުގެ ވުޒާރާތަކުން ދޭ ޚިދުމަތްތައް މިއަށްވުރެ ފުރިހަމަ އަދި އަވަސް ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގެންނެވި ބަދަލުތަކެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ