ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ކެބިނެޓް 20އިން 15އަށް ކުޑަކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކެބިނެޓަށް ބަދަލު ގެންނެވިއިރު، ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު 20އިން 15އަށް މަދުކުރައްވައިފިއެވެ. ރައީސް ނޮވެންބަރު 17، 2023ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓާއެކުގައެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރާއި މަސްތަކެއް ވެފައިވާއިރު، މިނިސްޓްރީތަކުގެ ޒިންމާތަކާއި މިނިސްޓަރުން ވެސް ބަދަލުކުރައްވައިފައިވެއެވެ. މިއަދު އަނެއްކާވެސް ކުއްލި ގޮތަކަށް ކެބިނެޓަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އެގޮތުން، ކުއްލި ގޮތަކަށް 10 ވަޒީރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއީ: ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ސަފާގަތާއި ބަހުގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މަރްޔަމް މާރިޔާ ޒުވާނުންގެ މިނިސްޓަރު އިބްރާހީމް ވަޙީދު ސިޓީސް، ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ހަޔާ އެޑިޔުކޭޝަން، މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު މިއަދު އިރުއޮއްސުނު ފަހުން، ރައީސް ވަނީ ހުސްވި ބައެއް މިނިސްޓްރީތަކަށް ބޭފުޅުން އައްޔަންކުރައްވައިފައެވެ. ނުވަތަ އެ މިނިސްޓްރީތަކުގެ ޒިންމާތައް އެހެން މިނިސްޓްރީތަކާ ހަވާލުކުރައްވައިފައެވެ. އެގޮތުން ހުވާކުރެއްވި ވަޒީރުންނަކީ: ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން ފޮރިން މިނިސްޓަރަކަށް ޑރ. އިރުތިޝާމް އާދަމް ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް ރައީސް އޮފީހުން ބުނީ އެ މިނިސްޓަރުންނާއެކު ކެބިނެޓުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު ދެ މިނިސްޓަރުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ހުސްވި މިނިސްޓްރީތަކުގެ ތެރެއިން، ލޯކަލް ގަވަނަންސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީއަށް މިހާތަނަށް ބޭފުޅަކަށް އައްޔަންކުރައްވާފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ