އިމްތިހާނުތަކުން %50 ނުލިބޭ ދަރިވަރުން މަތީ ތައުލީމު ކޯސްތަކުން ފާސްނުވާ ގޮތަށް ހަދަނީ

އެކްރެޑިޓް ކުރުމުގެ މަރުހަލާގައި އާ އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް އެއްވެސް ކޯހަކުން ކޮންޓްރޯލްޑް އެސެސްމެންޓުން 50 އިންސައްތަ ހާސިލުނުކޮށް ކޯސް ފުރިހަމަނުވާ ގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ކޯހެއްގައި ކޮންޓްރޯލު އެސެސްމެންޓުތަކުން ނުވަތަ އިމްތިހާނުތަކުން މަދުވެގެން 50 އިންސައްތައް ހާސިލުނުކުރާ ދަރިވަރުން ފާސްނުވާ ގޮތަށް ހަމަޖެއްސުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ނިންމައިފި އެވެ. 
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގަައި ފާހަގަކުރައްވާފައިވަނީ ދަރިވަރުން އެސައިންމެންޓުތައް އެހެން މީހުން ލައްވައި ތައްޔާރުކުރުވުމާއި، ޗެޓްޖީޓީޕީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކުރުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. 
އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ މާއްދާއެއްގައިވެސް ކޮންޓްރޯލްޑް އިމްތިހާން ނުވަތަ ލެކްޗަރާއިންގެ ހާޒިރުގައި ދަރިވަރުން ހަދާ އިމްތިހާނުތަކުން 50 އިންސައްތަ މާކްސް ނުލިބޭނަމަ ކޯސް ފުރިހަމަނުވާނެ ކަމަށް އެމްކިއުއޭއިން ނިންމާފައިވާކަމަށް ފަޒީނާ ވިދާޅުވި އެވެ. 
ފިޒާނާ ވިދާޅުވި ގޮތުގައި މިހާރު ބައެއް މަރުކަޒުތަކުގައި ހަމައެކަނި އެސައިންމެންޓު ހަދައިގެން ފާސްވާ ގޮތަށް ކޯސްތައް ހިންގާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެން ހެދުމުގެ ސަބަބުން އެސައިންމެންޓު ގެނެވިއްކުން އިތުރުވެ، ގާބިލު ނޫން މީހުންނަށް މަތީ ތައުލީމުގެ ސަނަދުތައް ލިބެމުންދާކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ. 
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެކްރެޑިޓް ކުރުމުގެ މަރުހަލާގައި އާ އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް އެއްވެސް ކޯހަކުން ކޮންޓްރޯލްޑް އެސެސްމެންޓުން 50 އިންސައްތަ ހާސިލުނުކޮށް ކޯސް ފުރިހަމަނުވާ ގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 
ދަރިވަރުން ކުރަންޖެހޭ މަސައްކަތްތައް އެހެން މީހަކު މެދުވެރިކޮށްގެން ކުރުމަކީ މަތީ ތައުލީމާއި ތަމްރީނުގެ ގަވާއިދުގައި މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި އެފަދައިން އަމަލުކުރާ ދަރިވަރުން 5،000 ރުފިޔާއިން ޖޫރިމަނާކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ