މާރާމާރީ ހިންގުމަށް ފަހު ފިލަން ބެންކޮކަށް، ބެންކޮކުން ޑީޕޯޓްކޮށްލައިފި

ފުލުހުން ބުނީ އެ މީހުން ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ޑީޕޯޓްކޮށްލުމުން ކަމަށެވެ.
މާރާމާރީ ހިންގުމަށް ފަހު ފިލަން ބެންކޮކަށް ގޮސް އުޅުނު ދިވެހީންގެ ބަޔަކު ބެންކޮކުން ޑީޕޯޓްކޮށްލައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ ހަތަރުވަނަ ދުވަހު ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މީހަކާމެދު މާރާމާރީ ހިންގި މައްސަލައެއް ގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.އެ މީހުން ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.ކޯޓް އަމުރެއްގެ ދަށުން މި މީހުން ހައްޔަރު ކޮށްފައި ވަނީ ތައިލެންޑުން ރާއްޖެ އައިތަނުންނެވެ. އެކަކު ހައްޔަރު ކުރީ ބުދަ ދުވަހު އެވެ، އަނެއް ދެ މީހުން އިއްޔެ އެވެ.އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.ފުލުހުން ބުނީ އެ މީހުން ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ޑީޕޯޓްކޮށްލުމުން ކަމަށެވެ.އެ މީހުންގެ ތެރެއިން އެކަކު ވަނީ ކޯޓުން ދޫކޮށްލާފަ އެވެ. އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ