ލަމްހާ ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުހަކު ލޯބީގެ މައްސަލައެއްގައި މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 
އެ ދެ މީހުންނަށް ތުހުމަތު ކުރަނީ އެ މީހުން ލޯބީގެ ގޮތުން އުޅުމުގެ ތެރޭގައި ލަމްހާ މަރާލި ކަމަށް ބުނެ އެވެ.  ނަމަވެސް މި މަހު ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާގެ  ނިންމުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމުގެ ތެރެއަށް ހައި ކޯޓުން ވަންނަން ޖެހޭ ހާލަތެއް އެ މައްސަލާގައި ދައުލަތަށް ބުނެދެވިފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ. 
އެ މައްސަލާގައި ލަމްހާ ދޫކޮށްލި ނަމަވެސް މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ