ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ރައީސް، މަޖިލިސް އިންތިޚާބު ފަސްކުރުމުގެ ބިލު ތަޞްދީޤުކުރައްވައިފި “މާޗް 17 ގައި އިންތިހާބު ބާއްވަން އުޅެނީ ސަރު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އަދި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތު އަދި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފް ވަކި ކުރަން ފެންނަ ކަމަށެވެ.
އެ ތިން ކޮމިޝަނުން މެންބަރުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް މަޖިލިހަށް ހުށަހެޅިއެވެ. އެކަމަކު ކޮމިޓީން ނިންމާފައިވަނީ ނާސިހު އެ މަގާމުން ވަކިކުރަން ނުފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ