ކޯސްޓު ގާޑުން އަތުލައިގަތް ބޯޓަކުން 468 ކިލޯ ޑްރަގު ފެނިއްޖެ

އެގޮތުން އޭގެ ތެރޭގައި 340 ކިލޯގެ މެތާއި، 124.6 ކިލޯގެ ކޮކެއިން ފެނިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް ކޯސްޓު ގާޑުން އަތުލައިގަތް ލަންކާ މަސްބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ. 
މިއަދު ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި މަސްބޯޓު އެމްއެންޑީއެފްއިން އަތުލައިގަތީ ރޭ ދަންވަރު އެވެ. އެ ބޯޓު އަތުލައިގަތުމަށްފަހު ގެންދިޔައީ ކުޅުދުއްފުއްޓަށެވެ. ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށާއި، އެ އެންމެންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ. 
ސީޕީ އިތުރަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 9:30 ގައި ކުޅުދުއްފުށީ ސިޓީ ފުލުހުން ކޯސްޓުގާޑުގެ ފުލުހުންނާއެކު އެ އުޅަނދު ބަލައިފާސްކުރުމުން 468 ކިލޯގެ މަސްތުވާތަކެތި އެ ބޯޓު ތެރެއިން ފެނުނު ކަމަށެވެ. އެ ތަކެތި ޓެސްޓުކޮށް ބެލުމުން އޭގެ ތެރޭގައި އެކި ބާވަތުގެ މަސްތުވާތަކެތި ހިމެނޭކަންވަނީ އެނގިފަ އެވެ. 
އެގޮތުން އޭގެ ތެރޭގައި 340 ކިލޯގެ މެތާއި، 124.6 ކިލޯގެ ކޮކެއިން ފެނިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ. މިތަކެތީގެ ވަގުތީ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާކަމަށް ޝުޖާ ވިދާޅުވި އެވެ. 
ސީޕީވަނީ ކޯސްޓުގާޑަށާއި އެމްއެންޑީއެފްއަށް އެ މަސައްކަތުގައި ދިން އެއްބާރުލުން ފާހަގަކުރައްވައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ބޯޓުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ފޮޓޯ ސީޕީވަނީ މީޑިޔާތަކަށް ދައްކަވާލައްވާފަ އެވެ. 
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެވުނު އެންމެ ބޮޑު ޑްރަގް ޝިޕްމެންޓުތަކުގެ ތެރޭގައި ހިމެނޭނެ އެއް ޝިޕްމެންޓެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ