ވަގު ޕާސްޕޯޓުން ރާއްޖެ އެތެރެވާން އުޅޭ މައްސަލަތައް އެބަ އިތުރުވޭ

ކޮންޓްރޯލަރު ވިދާޅުވީ މިހާތަނަށް 51 މީހަކު ވަނީ ރާއްޖެ އެތެރެވިޔަ ނުދީ ހިފައްޓައި ފޮނުވާލެވިފަ އެވެ.
ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ސަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅޭ މައްސަލަ އިތުރުވަމުންދާ ކަމަށް ބޯޑަރު ބަލަހައްޓާ އިމިގްރޭޝަނުން ބުނެފި އެވެ. 
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އެތެރެވާން ފޯޖަރީ ޕާސްޕޯޓް ބޭނުންކޮށްގެން ގިނަ އަދަދަށް ވަންނަކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން އިތުރު ވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ކޮންޓްރޯލަރު އިތުރަށް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 51 ބިދޭސީން ވަނީ ވަނީ ހިފެހެއްޓިފަ އެވެ."މިއީ ކައުންޓާ ފިީޓް ޕާސްޕޯޓް އަދި ސަހްސު އޮޅުވާލަން ބޭނުންކުރާ ޑޮކިއުމެންޓް،" ޝައްމާން ވިދާޅުވި އެވެ.  
ފޯޖަރީ ޕާސްޕޯޓް ބޭނުންކޮށްގެން ގައުމުތަކަށް ގިނަ މީހުން އެތެރެވަނި އެތެރެވުމަށްފަހު އެހެން ގައުމަކަށް ދިއުމަށެވެ. މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ދަނީ ހިނގަމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ