ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވ. ތިނަދޫ އާ އިންޖީނުގެ ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ.
ސްޓެލްކޯއިން ބުނީ ތިނަދޫ އާ އިންޖީނުގެއަކީ ތިނަދޫގައި ކުރީގެ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބުގަައި ހުރުމުން އިންޖީނުގެ ދުމާއި އަދި އަޑުގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ އިތުރުން އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށާއި ފަތުރުވެރިންނަށް ކުރިމަތިވަމުންދާ ބޮޑެތި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅާފައިވާ އިންޖީނުގެއެއް ކަމަށެވެ.
ތިނަދޫގެ އާ އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ތިނަދޫގެ އާ އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ ކަމަށާއި އެ ކުންފުނިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އާ އިންޖީނުގެ ހުޅުވުމާއި ހަމަޔަށް ބާ އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ސްޓެލްކޯއިން ފޯރުކޮށްދީފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. އާ އިންޖީނުގެއެއް އެޅުމަށް ނިންމާ އެ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ގައެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ބާ އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް ތިނަދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ އިންޖީނުގެއަކީ އެންމެ ޒަމާނީ އަޑުމަޑު އިންޖީނުގެއެއް ކަމަށެވެ.
1.3 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ތިނަދޫ އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ