ތިލަފުށިން ސިނާއީ ބޭނުންތަކަށް ބިން ވިއްކާ
އުސޫލު ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް އިސްލާހުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
މައްސަލައިގެ ފެށުން - ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުން 50 ބިމެއް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން:
ބިމުގެ %90 ދިވެހިންނަށް ހާއްސަކުރާނެ
ބިން ނަގާ ދިވެހިންނަށް އެ ބިންތައް މިލްކުކުރެވޭނެ
ބިދޭސިންނަށް ބިން ދެނީ 99 އަހަރަށް ކުއްޔަށް
ތިލަފުށިން ބިން ދޫކުރާ އުސޫލުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އެ ތަނުން ބިން ހޯދުމަށް ހަމަހަމަ ފުރުސަތު ގެއްލޭ ކަމަށް ބުނެ އިދިކޮޅު ޕާޓީީތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ވީ ކިހިނެއް؟ - ތިލަފުށިން ބިން ވިއްކާ އުސޫލަށް ބަދަލު ގެންނަވާނެ ކަމަށް
ރައީސް ސޯލިހު ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން
އިންޑަސްޓްރީ (މަސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ދިވެހި ވިޔަފާރިވެރިންނާ އެކު
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - މަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތިލަފުށިން ބިން ވިއްކުމާއި ކުއްޔަށް ދިނުމާ ބޭހޭ އުސޫލާއި
ގުޅިގެން ވިޔަފާރިވެރިންނާއި ތިލަފުށީގެ ބިން އިންޑަސްޓްރިއަލް އަދި ކޮންސްޓްރަކްޝަން
މަސައްކަތްތަކާއި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ފަރާތްތަކުގެ
މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް އެ ބައްދަލުވުމުގައި ރައީސް ސޯލިހާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ
ބައްދަލުވުމުގައި ރައީސާ ހިއްސާކުރި ބައެއް ކަންތަކަކީ:
މިހާރު ތިލަފުށިން ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ދިމާވާ ދަތިތައް
ބިންތައް ވިޔަފާރިތަކަށް ނުފުދޭތީ ބޮޑުކުރުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެހެން ބޭންކުތައް މެދުވެރިކޮށް ދިވެހިންނަށް ބިން ގަތުން
ވިޔަފާރި ކުރިއެރުވުމަށް ފައިސާނެ ލިބޭނެ ގޮތްތައް
ބޭރު މީހުންނާއި ދިވެހިންނާ މެދު ހަމަހަމަ އުސޫލެއް ގެންގުޅުން
މަސީގެ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަކަށް ތިލަފުށިން
ބިން ނުދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ރައީސް ދެއްވި ކަމަށެވެ.
"... ތިލަފުށިން ބިން ވިއްކުމާއި ކުއްޔަށް ދިނުމަށް އެޗްޑީސީން
ހަމަޖައްސާފައިވާ އުސޫލާ ބެހޭ ގޮތުން މަޝްވަރާކުރައްވައި ދިވެހިންގެ
ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް އިސްލާހު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވި އެވެ،" މަސީގެ ބަޔާނުގައިވެ އެވެ.
އެނގުން މުހިއްމު - އެޗްޑީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ތިލަފުށިން ސިނާއީ މަސައްކަތަށް ބިން ދޫކުރުމުގެ ފުރަތަމަ ފިޔަަވަހީގެ ދަށުން:
ޖުމްލަ 449،360.85 އަކަފޫޓުގެ ބިން ވިއްކާނެ
ބިޑު ކުރެވޭ އެންމެ ކުޑަ ރޭޓަކީ އަކަފޫޓަކަށް 1،700ރ.
އެ ރޭޓުން ބަލާ ނަމަ، އެންމެ މަދުވެގެން 763.9 މިލިއަން ރުފިޔާ ލިބޭނެ
ތިލަފުށިން ބިން ވިއްކާ އުސޫލު ދިވެހިންނަށް ގެއްލުން ނުވާ ގޮތަށް އިސްލާހުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ