ސިޓީ ކައުންސިލަކީ ސަރުކާރާއި ރައްޔިތުން ޖައްސަން ބޭނުންކުރާ ޓޫލެއް: ޝަރީފު

މާލެ ސިޓީ ކައުންސިލަކީ ސަރުކާރާ ރައްޔިތުން ޖައްސަން ބޭނުންކުރާ ޓޫލެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ކަރަންޓު ބިލުތަކަށް ނުދައްކާ ހުރި ދަރަނީގެ ޖުމުލަ 21 މިލިއަން ރުފިޔާއަށް އަރާފައިވި ނަމަވެސް, އެ ފައިސާ ނުދައްކައިގެން ސްޓެލްކޯއިން ވަނީ ސިޓީ ކައުންސިލުގެ ބައެއް ތަންތަނުން މިދިޔަ މަހު ކަރަންޓު ކަނޑާލައިފަ އެވެ. ކަރަންޓު ކަނޑާލި ގިނަ ތަންތަނަކީ ކައުންސިލަށް އާމްދަނީ ލިބޭ ތަންތަނުންނެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލާއި ސްޓެލްކޯއިން ދެބަސްވަމުންދާ އިރު, މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވަނީ ސިޓީ ކައުންސިލުން ދައްކަން އޮތް ދަރަނީގެ އަދަދުތައް ހާމަކުރައްވައި އެ ކައުންސިލަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި, ސިޓީ ކައުންސިލަށް ކަރަންޓު ބިލުތަކަށް އަރާފައިވާ ދަރަނި އެއް ފަހަރާ ނުދެއްކޭ ނަމަ, ބިލު ދެއްކޭނެ ޝެޑިއުލްއެއް ހަދަން އެދިފައިވާނެ ކަމަށާއި ނަމަވެސް އެކަމަށްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. އޭގެން އެނގެނީ ކައުންސިލްގެ ހަރުކަށިކަމާއި ގޮތް ދޫނުކުރުމާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާތީ ކަންކަން ހައްލު ހޯދަން ބޭނުން ނުވާ މިންވަރު ކަމަށް ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ, މާލެ ސިޓީ ކައުންސިލްގެ ބިންތަކުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުތައް ބޮޑުކުރުމުގެ ހުއްދަ ނުދީ ކައުންސިލުން އެ ކުންފުންޏަށް ޖެއްސުންކޮށް, ތާށި ކުރަމުންދާ ކަމަށެވެ.
“ހަގީގަތުގައި ސިޓީ ކައުންސިލް މި ބޭނުންކުރަނީ ސިޔާސީ ގޮތުން ހަތިޔާރެއްގެ ގޮތުގައި ރައްޔިތުން ރުޅިއަރުވައި ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ބޭނުންކުރާ ޓޫލެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ,” ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ