ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހެނދުނުން ފެށިގެން މެންދުރު 12:00 އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާއިރު، ވައިޓް އެލާޓްގެ ވަގުތު މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް މިހާރު ވަނީ އިތުރު ކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ، އެވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Advertisement
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އަދި ރާޅުގެ އުސްމިން ދެކުނުގެ ސަރަހައްދު ތަކުގައި ދެ ފޫޓާއި ފަސް ފޫޓާއި ދެމެދު ހުންނާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދު ތަކުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި، ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ