މާލެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ އޮތް ލައްޗޭއަށް އިންތިހާބު ގައި ލިބިފައިވަނީ އެންމެ ވޯޓެކެވެ. އޭނާ ވާދަކުރީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
މަޖިލީސް ވިހީ ގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަދުން ވޯޓް ލިބުނު ކެންޑިޑޭޓަކަށް ފުޓްބޯޅަ ލެޖެންޑް އާދަމް އަބްދުލް ލަތީފް (ލައްޗޭ) ވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު އޮތް އިންތިހާބު ގައި 368 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ހަތް ސިޔާސީ ޕާޓީއަކުން 238 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 130 ކެންޑިޑޭޓުންނެވެ. އިންތިހާބު ގައި ލައްޗޭ ވާދަކުރީ އޭނާގެ އުފަން ރަށް ކެޔޮދޫ ހިމެނޭ -- ކެޔޮދޫ ދާއިރާއަށެވެ.މާލެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ އޮތް ލައްޗޭއަށް އިންތިހާބު ގައި ލިބިފައިވަނީ އެންމެ ވޯޓެކެވެ. އޭނާ ވާދަކުރީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. މި އިންތިހާބު ގައި ޑިމޮކްރެޓްސް އިން ނެރުނު 37 ކެންޑިޑޭޓުންވެސް ވީ ބައްޔެވެ.ދިވެހި ފުޓްބޯޅާ ގައި އެންމެ ވިދާލި ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ލައްޗޭ އަކީ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގު (ދަނގަޑޭ)ގެ ވިދުން ގަދަވުމާއި ހަމައަށް އެންމެ ވިދުން ގަދަވި ކުޅުންތެރިޔާ އެވެ.ނިއުގެ ކެޕްޓަނެއްގެ ގޮތުގައި އެޓީމަށް ވަރަށް ގިނަ ކާމިޔާބީތައް ހޯދާ ދިން ލައްޗޭ އަކީ އޭރު ގައުމީ ޓީމުގެ އެންމެ އިތުބާރު ފޯވާޑެވެ.ލައްޗޭގެ އިތުރުން މި އިންތިހާބުގައި ބައެއް ކެންޑިޑޭޓުންނަށް ވަރަށް ލަދުވެތި ނަތީޖާތަކެއް ލިބުނެވެ. އެއީ؛
މީގެ ތެރޭގައި ހިމެނޭ ދެ ކެންޑިޑޭޓަކު ވަނީ އެންމެ ފަހު ވަގުތު އިންތިހާބުން ފަހަތަށް ޖެހޭކަން ހާމަކޮށް އެހެން ކެންޑިޑޭޓަކަށް ތާއީދު ދީފައެވެ.މީގެ އިތުރުން ބައެއް ކެންޑިޑޭޓުންނަށް 10 ވޯޓް ވެސް ލިބިފަައެއް ނުވެ އެވެ. މަޖިލީސް އިންތިހާބު ގައި ސަރުކާރުން ވަނީ ސުޕަ މެޖޯރިޓީ ހޯދާފައެވެ. ކޮންގްރެސް އިން އެކަނި ވެސް 66 ގޮނޑި ހޯދާފައެވެ. އިދިކޮޅު މައި ޕާޓީ -- އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ.އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީއަށް ގޮނޑި އެއް އަދި އެމްޑީއޭއަށް ދެ ގޮނޑި ލިބުނެވެ. މި އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު ވެސް ގޮނޑި ކާމިޔާބު ކުރި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެންމެ ވޯޓެއް، އެންމެ ފުލުގައި ފުޓްބޯޅަ ލެޖެންޑް ލައްޗޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ