ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔުގައި ފަރުވާދެނީ

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ރޭގައި ބުނިގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ މީހާއަކީ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށް ފުލުހުން ބުނެފަވެއެވެ.
''މި މީހާގެ އާއިލާއަށް މިކަމުގެ މައުލޫމާތު މިހާރު ވަނީ ހިއްސާކޮށްފައި،'' ފުލުހުން ބުނެފަވެއެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްދުން ނައްޓާފައިވާ، ބޮޑުވެފައިވާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ